މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 7،000 އަށްވުރެ ގިނަ ޓޫރިސްޓުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 723،376 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 682،264 ޓޫރިސްޓުންނެވެ.
މިމަހުގެ މިހާތަނަށް ރާއްޖެއަށް 90،958 ޓޫރިސްޓުން ވަނީ ޒިޔާރާތްކޮށްފަ އެވެ، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.2 ޕަސެންޓް އިތުރުއަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 78،260 ޓޫރިސްޓުންނެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރާތްކުރި 5 ގައުމު:
- ޗައިނާ - 80،190 ޓޫރިސްޓުން
 - އިންގިރޭސިވިލާތް - 79،128 ޓޫރިސްޓުން
 - ރަޝިއާ - 75،402 ޓޫރިސްޓުން
 - އިޓަލީ - 63،177 ޓޫރިސްޓުން
 - ޖަރުމަން - 54،275 ޓޫރިސްޓުން
 
ރާއްޖެއައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓްތަކުގަ އެވެ. އެއީ 69.9 ޕަސެންޓް މީހުންނެވެ. ގެސްޓްހައުސްތަކުގައި 24.5 ޕަސެންޓް މީހުން، ހޮޓެލްތަކުގައި 3 ޕަސެންޓް އަދި ސަފާރީތަކުގައި 2.5 ޕަސެންޓް މީހުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
			މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
		
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ