ރޭގެ ވަގުތެއްގައި އަލިފާން ރޯވި ހޮޅުދޫ ބޯޓުން ގެއްލުނު އަލީ މުޝްފިގު ޝަރީފް ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
އެ ބޯޓުގައި ރޯވީ ތ. ހިރިލަންދުއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ރޭ 9:07ގަ އެވެ.
އެމްއެންޑީއެފް އިން ބުނީ މުޝްފިގު ހޯދަން ސާފަސް ސާޗުގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި ޑައިވްކޮށްގެން 64،240 އަކަމީޓަރު ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މީގެ އިތުރުން ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) ބަލާފައިވެ އެވެ. އެ ބޯޓުން 11 ދިވެހީންނާއި ހަތް ބިދޭސީން ދަތުރުކުރި އެވެ. އޭގެ ތެރެއިން ގެއްލުނީ މުޝްފިގު އެކަންޏެވެ.
އެމެރިކާގެ ޖެޓްތަކަށް ތެޔޮ އަޅަން ކާޑެއްދޫއަށް ޖައްސަނީ؟
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
