ގެއްލިގެން ހޯދަން އިއުލާނު ކުރި ނ. މަނަދޫ، އުމުރުން 37 އަހަރުގެ އަބްދުﷲ ޝިހާދު ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި އޭނާ ހައްޔަރުކުރީ އިއްޔެ އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެ ކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ.
ގެއްލިގެން ހޯދި ދުވަސްތަކުގައި އޭނާ ހުރީ ކޮންތާކު ކަމެއް އަދި ސާފެއްނުވެ އެވެ.
މިމަހުގެ 11 ގައި ފުލުހުން ވަނީ ޝިހާދު ގެއްލިގެން ހޯދަން އާންމުކޮށް އިއުލާންކޮށްފަ އެވެ. އޭނާ އަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އޭރު އާއިލާއިން ބުނީ އޭނާގެ ފޯނަށް ނުގުޅޭ ކަމަށެވެ.
6 މެންބަރެއްގެ ދާއިރާއަށް އިންޑިއާއިން ލެޕްޓޮޕް ހަދިޔާކޮށްފި
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
