ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިވަގުތަކީ ވަރަށް ބިރުވެރި ވަގުތެއް ކަމަށާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު ވިދާޅުވީ ބިންހެލުމާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ބިންހެލުމާ ގުޅިގެން ބެންކޮކުގައި ދިރިއުޅޭ މީހުން ތިބީ މަގުމަތީގައެވެ. އިމާރާތްތައް ބަލައި ފާސްކުރުމަށްފަހު އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދޭ އިމާރާތްތަކަށް ނޫނީ ނުވަދެވެ އެވެ.
ފުރަތަމަ ބިންހެލުން އައީ މިއަދު މެންދުރު 12:50 ހާއިރު ސަގައިން ސިޓީގެ ހުޅަނގު އުތުރުން 16 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިއަށެވެ. ބެންކޮކްގެ މެދުތެރޭގެ އެ ސަރަހައްދަކީ ގިނަ އަދަދެެއްގެ ދިވެހީން ދިރިއުޅޭ ސަރަހައްދެކެވެ.
ފުއާދު ވިދާޅުވީ ބެކްކޮކްގައި ދިރިއުޅޭ ދިވެހީންގެ ސީދާ އަދަދެއް ނޭނގޭ ކަމަށެވެ. ލަފާކުރެވޭގޮތުގައި އެ ގައުމުގައި ދިރިއުޅެނީ 150 ވަރަކަށް ދިވެހީން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
އައްޑޫގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
