މިއަހަރުގެ ރޯދަ މަލާފަތުގައި އަޅުގަނޑުމެން ގެނެސްދޭ ދިވެހި ކެއުންތަކުގެ ތެރެއިން މިއަދު މިއޮތީ ރިހައިގެ ބާވަތެއް ކަމަށްވާ ކަނޑު ކުކުޅެވެ.
ކަނޑު ކުކުޅަކީ ހާއްސަ މުނާސަބަތުތަކުގައި ދިވެހި ސުފުރާތަކުން ފެންނަ ކެއުމެއް ނަމަވެސް ރޯދަ ވީއްލުމަށް ވެސް ބަތް ނުވަތަ ރޮށްޓާއެކު މި ކެއުމަން އިންސާފު ކޮށްލަން ރަނގަޅުވާނެ އެވެ.
ބޭނުންވާ ތަކެތި
- 2 ގަނޑު ރޯމަސް (ބޭނުން ސައިޒަކަށް ބުރިކޮށްފައި)
 - 1 ޖޯޑު ދެވި ހަވާދު (ފުނޑާފައި)
 - 2 ޖޯޑު ކާށިކިރު
 - 1/2 ޖޯޑު ބޯކިރު
 - 1 ފިޔާ (ތުނިކޮށް ކޮށާފައި)
 - 1 ލޮނުމެދު (ތުނިކޮށް ކޮށާފައި)
 - 1 ގިތެޔޮ މިރުސް (ކޮށާފައި)
 - 10-15 ހިކަނދިފަތް
 - 2 ރާނބާފަތް
 - ލޮނު (ރަހަލާ ވަރަށް)
 - ތެޔޮ
 
ތައްޔާރު ކުރާނެ ގޮތް
- މަސްކޮޅުތައް ތުނިތުނިކޮށް ފޮތިކޮށްލާށެވެ. ދެން، ½ ޖޯޑު ދެވިހަވާދު ބޭނުންކޮށްގެން މަސްފޮތިތަކުގެ ތެރޭގައި ހަވާދު ހާކާލާށެވެ. އެއަށްފަހު، މަސްކޮޅުތައް ރީތިކޮށް އޮޅާލުމަށްފަހު، ކޮންމެ މަސްކޮޅެއް، (ތުނިކޮށް ނަގާފައިވާ) ރާނބާ ފަތްކޮޅަކުން، އައްސާލާށެވެ.
 - ތެއްޔަށް ތެޔޮ ފޮދެއް އަޅައި އުނދުން މައްޗަށް އުދާށެވެ. ތެޔޮފޮދަށް ހޫނުވުމުން، އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި ރާނބާފަތް ކޮށާލުމަށްފަހު، އަޅާށެވެ.
 - ފިޔާކޮޅު މޯޅިވުމުން، ލޮނު އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން، ދެވި ހަވާދުކޮޅުގެ ބާކީބައި އަޅައި، މޯޅިކުރި ފިޔާކޮޅާއި އެއްކޮށްލާށެވެ.
 - އެއަށްފަހު، އޭގެ ތެރެއަށް 2 ޖޯޑު ކާށިކިރު އަޅާށެވެ. ބޮކި ޖަހާފައި ކެކެން ފެށުމުން، ތައްޔާރު ކުރި މަސްކޮޅުތައް އަޅާލާށެވެ. މަސްކޮޅުތައް ރޯފިލަންދެން ކައްކާލަން ވާނެ އެވެ.
 - ރަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ބޯކިރުފޮދު އަޅާށެވެ. ދެން، ތިން ވަރަކަށް މިނެޓް ވަންދެން މަޑު ގިނީގައި ބަހައްޓައިގެން، ރިހަފޮދު ކައްކާލާށެވެ. އުނދުންމަތީން ބޭލުމުގެ ކުރިން، ލޮނުރަހަ ހެޔޮވަރު ކޮށްލަން ވާނެ އެވެ.
 
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
		
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ