ބޮލީވުޑްގެ މަޝްހޫރު ތަރި އިލިއާނާ ޑި ކުރޫޒް އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ނުސީދާ ގޮތަކަށް ޔަގީން ކޮށްދީފި އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވެސް އަހަރުގެ އެންމެ ފުރަތަމަ އިންސްޓަގްރާމް ޕޯސްޓުގައި ވެސް ބަލިވެ އިންކަމުގެ އިޝާރާތެއް އިލިއާނާ ދިން ނަމަވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
އެހެން ނަމަވެސް މިފަހުން އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލީ ފޮޓޯއަކުން އެކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެ ފޮޓޯގައި ފެންނަނީ އިލިއާނާ އެކި ވައްތަރު ވައްތަރުގެ ތައްޔާރީ ކާނާ ކާ މަންޒަރެވެ.
އެ ފޮޓޯއާއެކު އޭނާ ބުނެފައވަނީ ސީދާ އަނގަބަހުން ނުބުނެ ބަލިވެ އިންކަން އަންގައިދޭނީ މިހެން ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ ދަންވަރުގެ ވަގުތެއްގައި އޭނާ ނަގާފައިވާ ފޮޓޯ އެކެވެ.
އިލިއާނާ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ޔަގީން ކޮށްދީފައިވާއިރު އޭނާއާއި އޭނާގެ ފިރިމީހާ މައިކަލް ޑޮނަންއަށް އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ.
އިލިއާނާއަކީ "ބަރްފީ"، "މޭ ތޭރާ ހީރޯ" އަދި "ފަޓާ ޕޯސްޓަރް ނިކްލާ ހީރޯ" ފަދަ ހިންދީ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި އެކެވެ.
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
އެކްޓް ކުރުމަށްވުރެ މޮޅީ އެހެން ކަމަކަށް ކަމަށް ވިކީ ބުނެފި
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި