އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް (ހަންޓާ އަހުމަދު) އައްޔަންކޮށްފި އެވެ.
އެމްޓީސީސީން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާ އާއިލީގޮތުން ގާތް ގުޅުމެއް އޮންނަ ހަންޓާ އަހުމަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއޭސީއެލްގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފަ އެވެ.
އޭނާ ވަނީ 2009 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާފަ އެވެ.
ޖުމްހޫރީ ޕާޓީގައި ވެސް އޭނާ ވަނީ މީގެކުރިން މަސައްކަތް ކުރައްވާފަ އެވެ.
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ކައުންސިލްގެ އަތުން ބިން އަތުލެވޭ އިސްލާހު ބަލައިގެންފި