ދާދިފަހުން ފެންމަތިވި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެލުގެ ވައްކަމުގެ ތުހުމަތު ކުރެވޭ ބަޔަކު އެ ކުންފުނިން ރިޓަޔާކޮށްފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮންނަ އެފްއެސްއެމްގެ ތެލުން ވައްކަންކޮށް ފައިސާ ލޯންޑާކުރިކަމުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ނިމިދިޔަ ޑިސެމްބަރު މަހު ވިދާޅުވެފަ އެވެ.
އެ މައްސަލައިގައި 10 މީހުންނާއި ދެ ގެ އަދި ތެޔޮއުފުލާ ދެ ބާޖު ބަލައިފާސްކޮށްފައި ވާކަމަށާއި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
މި ބޮޑު ވައްކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ރިޓަޔާ ކޮށްފައިވަނީ ޑިޕާޓްމެންޓްތަކުގެ އިސް ތިން ވެރިކަން ވަނީ އެނގިފަ އެވެ. އެމީހުން ރިޓަޔާކޮށްފައިވަނީ ބޯޑުން އެމީހުން މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށްގެން ކަމަށްވެސް ހަބަރު ފެތުރިފައިވެ އެވެ. ނަމަވެސް އެސްޓީއޯއިން ބުނަނީ އެމީހުން މަގާމުން ވަކިވީ އޮންނަ އުސޫލުގެ ތެރެއިން ރިޓަޔާމެންޓް ޕެކޭޖެއް ނަންގަވައިގެން ކަމަށެވެ.
ތެޔޮ ވައްކަމުގެ އަޑުތައް ފެތުރެން ފެށުމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި އިސްމާއީލް ސުހައިލް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ