އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެންބަރުން އައްޔަންކުރުމަށް ރުހުން ހޯދުމަށް ދެ ބޭފުޅެއްގެ ނަން މިނިވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އޭސީސީއަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު ވަނީ އިއްވައިފަ އެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހަށް ރުހުން ހޯދަން ފޮނުވާފައިވާ ދެ ނަމަކީ އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން އާއި އާސިޔާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު އެވެ.
ނާޝިދަކީ ކުރިން ޕޮލިސް ބޯޑުގައި އިންނެވި ބޭފުޅެކެވެ. އަދި އާސިޔާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވައިފަ އެވެ.\
ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކަކާއެކު ވަކިކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އޭސީސީގެ ކުރީގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގްތަކެއް އަތުލައިގެންފި
އައްސާމް ކާރިސާ: ހާލުގައި ޖެހުނު މީހުންނަށް ސަލްމާންގެ އެހީއެއް!
އަޔާޑާ މޯލްޑިވްސްގެ މައްސަލާގައި މައުލޫމާތު ހާމަކުރަން އެދިއްޖެ