ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑަށް އިތުރު ދެ މެންބަރުން އިތުރުކުރަން ސަރުކާރުން ނިންމައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެ ކުންފުނީގެ ބޯޑަށް އިތުރު ދެ މެމްބަރުން އިތުރުކުރަން ހުއްދަދީފަ އެވެ.
ޕީސީބީން އެ ހުއްދަ ދީފައި ވަނީ އެޗްޑީސީގެ އެދުމުގެ މަތިންނެވެ. އެ ކުންފުނީގެ ބޯޑުގައި މިހާރު 11 މެމްބަރުން އެބަތިއްބެވެ.
އެޗްޑީސީގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުން
- ޗެއާޕާސަން - އަހުމަދު ނާސިފް
 - މެނޭޖިން ޑިރެކްޓަރު - މުހައްމަދު މައުރޫފް ޖަމީލު
 - ބޯޑު ޑިރެކްޓަރު - އަޒްހަރު އަބްދުﷲ ސައީދު
 - ބޯޑު ޑިރެކްޓަރު - އިބްރާހިމް ޔޫސުފް ފުޅު
 - ބޯޑު ޑިރެކްޓަރު - މުހައްމަދު ވިޝާމް
 - ބޯޑު ޑިރެކްޓަރު - އުލާ މުހައްމަދު ރަޝީދު
 - ބޯޑު ޑިރެކްޓަރު - އާރިފް އަބްދުލއްސަމަދު
 - ބޯޑު ޑިރެކްޓަރު - މުހައްމަދު ނާޖިލް
 - ބޯޑު ޑިރެކްޓަރު - މުހައްމަދު ވަހީދު
 - ބޯޑު ޑިރެކްޓަރު - ފާތިމަތު މިޒްނާ އަލީ
 - ބޯޑު ޑިރެކްޓަރު - ޔޫސުފް ވަހީދު
 
ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް ޕީސީބީން މިއަދު ވަނީ އެޗްޑީސީގެ ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލައިފަ އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަށް ވަގު ލިޔުމެއް ތައްޔާރުކޮށް ނުހައްގުން ގޯއްޗެއް ދިން މައްސަލަ ދާދިފަހުން ވަނީ ފަޅާއަރައިފަ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
			އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		