ވަޒީފާ އަދާކުރާތަނުން މުސާރަ ދިނުން ލަސްވާތީކަމަށް ބުނެ ބިދޭސީންތަކެއް ރައީސް އޮފީސް ކައިރީގައި އޮންނަ ފާލަން ދޮށަށް އެއްވެއްޖެ އެވެ.
އެމީހުން އެ ސަރަހައްދަށް އެއްވުމުން ފުލުހުންވަނީ އެ ސަރަހައްދުން އެމީހުން ފޮނުވާލާފަ އެވެ. ނަމަވެސް ފަހުން އެމީހުން މަޖީދިއްޔާ ސުކޫލު ކައިރީގައި ވަނީ މުޒާހަރާކޮށްފަ އެވެ.
މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި އިމިގްރޭޝަންގެ އޮފިޝަލުން ހަރަކާތްތެރިވަމުން ދާއިރު، އެއްވެ ތިބި ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފުލުހުންގެ ވެހިކަލްއަށް އަރުވައިގެން ގެންގޮސްފަ އެވެ.
މި މީހުންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބަޔެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އެއްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މަސައްކަތު މީހުންނެވެ.
މިހާތަނަށް ފުލުހުންނާއި އިމިގްރޭޝަނުން މިކަމާއި ގުޅިގެން މައުލޫމާތު ހިއްސާކޮށްފައިނުވެ އެވެ.
އިއްޔެ އިރު އޮއްސުނު ވަގުތުވެސް ބިދޭސީންތަކެއް ވަނީ އާޓީފިޝަލް ބީޗުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގާފަ އެވެ. އެމީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، ސަރުކާރަށްވެސް ނުކުރެވޭނެ: އުއްޗު
"ފޯޅަވަހި ނުލިބޭނަމަ އެގޮތަކަށް ބޭއްވުން މައްސަލައެއް ނޫން"
ހާޒިރުވެގެން އިމްތިހާނު ހަދާ އުސޫލަށް އަމަލުކުރުން ފަސްކޮށްފި