ބޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ދަރިފުޅު އާރަދްޔާ ބައްޗަންގެ އުފަން ދުވަސް ދާދިފަހުން ވަނީ ފާހަގަކޮށްފަ އެވެ.
ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އާރަދްޔާއަށް 13 އަހަރު ފުރުނުއިރު އައިޝްވާރްޔާ ވަނީ އޭނާގެ ދަރިފުޅަށްޓަކައި ވަރަށް ކުލަގަދަ ޕާޓީއެއް ބާއްވާފަ އެވެ.
މިދިޔަ ބުދަ ދުވަހު އެ ޕާޓީގެ ބައެއް ފޮޓޯތައް އައިޝްވާރްޔާ ހިއްސާ ކުރިއިރު ގިނަ ބަޔަކަށް ފާހަގަވި ކަމަކީ ދަރިފުޅުގެ އުފަންދުވަހު ބައްޕަ އަބީޝޭކް ފެންނަން ނެތުމެވެ.
އެއާއެކު މިހާރު ދެކެވެމުން އަންނަ އަބީޝޭކްއާއި އައިޝްވާރްޔާގެ ވަރީގެ ވާހަކަތަކަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ. ގިނަ މީހުން ބުނާ ގޮތުގައި އަބީޝޭކް އާރަދްޔާގެ ޕާޓީއަށް ނައީ ވަރީގެ ސަބަބުންނެވެ.
އެހެން ނަމަވެސް ޕާޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުގައި އައިޝްވާރްޔާ އޭނާގެ ކައިވެނި އަނގޮޓި އަޅައިގެން ހުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރި އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2007 ވަނަ އަހަރު ކައިވެނި ކުރި އަބީޝޭކްއާއި އައިޝްވާރްޔާއަށް އާރަދްޔާ ލިބުނީ 2011 ވަނަ އަހަރު އެވެ.
ޑިޒްނީގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އިއުލާން ކޮށްފި
ޕީއެންސީ އަޑީގަ އޮވެ ބިން އަތުލުމާ އެއްކޮޅަށް ސޮއި ހޯދަނީ
މުއައްސަސާތަކުގެ އިތުބާރު ގެއްލުނު އަސްލަކީ މުއިއްޒު: ޔާމީން