ޕޮލިހަކު އޭނާގެ ލޯބިވެރިޔާގެ އޮރިޔާން މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލްކުރި މައްސަލާގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ އއ. މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ރެކްރޫޓު ފުލުހެއް ކަމަށްވާ، ޒައިދާން މުހައްމަދު ކަމަށެވެ.
19 އަހަރުގެ އެ ފުލުސް މީހާ ވަނީ އޭނާގެ ލޯބިވެރިޔާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކާފައިކަމަށް ފުލުހުން ބުންޏެވެ.
ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ އެ މައްސަލާގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
މަތިވެރި މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ނުކުރެވޭނެ
ބިންކޮޅު ސަރުކާރަށް ދޫކޮށްލަން ނުޖެހޭ ގޮތް ހަދަނީ