މަޝްހޫރު އިނގިރޭސި ސީރީޒްއެއް ކަމަށްވާ "ގޭމް އޮފް ތްރޯންސް"ގެ ވާހަކައާ ގުޅޭ ހޮލީވުޑްގެ ފިލްމެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބޮޑު ސްކްރީންގައި އަޅުވަން ހަމަޖެހިފައިވާ ގޭމް އޮފް ތްރޯންސްގެ ސްޕިންއޮފް މިހާރު އުޅެނީ ޕްރީ ޕްރޮޑަކްޝަންގެ މަރުހަލާގަ އެވެ.
2011 ވަނަ އަހަރު ރިލީޒް ކުރެވުނު "ގޭމް އޮފް ތްރޯންސް" މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު އެ ސީރީޒްގެ އުފެއްދުމެއް ބޮޑު ސްކްރީނަށް ގެންނަން އޭރުވެސް މީހުން އެދެމުން ދިޔަ އެވެ.
އެހެން ނަމަވެސް އެއީ ރަނގަޅު ހިޔާލެއް ކަމަށް ޕްރޮޑިއުސަރުންނަށް ނުފެނުމުން އެ ހިޔާލު ދޫކޮށްލީ އެވެ. އޭގެ އަހަރުތަކެއް ފަހުން މިހާރު މިވަނީ އެ މަސައްކަތް އަލުން ފަށާފަ އެވެ.
އެގޮތުން އެ ސީރީޒްގެ ބެލެނިވެރި ކުންފުނި ވާނާ ބްރޯސްއިން މިހާރު އަންނަނީ އެ ސީރީޒްއާ ގުޅުންހުރި ފިލްމުގެ ވާހަކައިގެ މަސައްކަތް ކުރަމުން ކަމަށް ހަބަރުތައް ބުނެ އެވެ.
އެޗްބީއޯއިން ދެއްކި ގޭމް އޮފް ތްރޯންސްގެ އޮރިޖިނަލް ސީރީޒް އެމެރިކާގެ ޗާޓުތަކުގައި އެތައް ދުވަހެއް ވަންދެން ރަސްކަން ކުރިއިރު އެ ސީރީޒްއަށް 59 އެމީ އެވޯޑް ވެސް ލިބުނެވެ.
އެންސްޕާގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!
މާ ގިނައިން ކަރު ހިއްކާނަމަ މިކަންކަމަށް ސަމާލުވޭ!