އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައަކަށް ވަދެ ސޭޓަށް ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ފުލުހުން ބުންޏެވެ.
ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ފިހާރައަށް ވަދެ އެތަނުގައި އިން ސޭޓަށް ބިރު ދައްކާފައިވަނީ ދެ މީހަކު ވެގެނެވެ. އެމީހުން ބިރުދެއްކުމަށް ދަނގަޑުބުރި އެއް ފަދަ އެއްޗެއްވެސް ބޭނުންކުރާތަން ފެނެ އެވެ.
ދެ މީހުން ސޭޓަށް ބިރު ދެއްކުމަށްފަހު ކައުންޓަރުން އެއްޗެހި ތަކެއް ނަގައިގެން ދުވެފައި ފިލާ މަންޒަރު ފެނެ އެވެ. އަދި އެ މީހުންގެ ފަހަތުން ފިހާރައިގެ ސޭޓު ވެސް ދުވެފައި ނިކުމެގެންދާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.
ވައްކަމާއި ފޭރުމުގެ މައްސަލަތައް މިދިޔަ މަހު މަދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި އީރާނުގެ 210 ކުޑަކުދިން މަރުވެފައިވޭ
ތުންފަތް ފަޅައިގެންދަނީ މިހެންވެ ކަމަށް ވެދާނެ!
އީރާނުން އިޒްރޭލާއި ސައުދީގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް