ވޭޕު އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޝިޕްމަންޓެއް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޮޅުވާލައިގެން މިފަދަ ކުށްތަކަށް މަގުފަހިވާގޮތަށް ވިޔަފާރިކުރުމަކީ، ވޭޕްއާއި ދެކޮޅަށް ރައީސް އެހާ ބޮޑު ނިންމެވުމެއް ނިންމަން ޖެހުނު ސަބަބުކަމަށެވެ.
ރައީސް ވަނީ ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި އެ ބޭނުންކުރުން މަނާކުރަން ނިންމަވާފަ އެވެ. މީގެ އިތުރުން ސިނގެރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީވެސް ބޮޑުކުރަން ވަނީ ނިންމަވާފަ އެވެ.
އިޒްރޭލްގެ ބެން ގޫރިއަން އެއާޕޯޓުގެ ތެޔޮ ގުދަންތަކަށް ހަމަލަ ދީފި
ރަންވީރުގެ "ދުރަންދަރް 2"އަށް ރެކޯޑް ކާމިޔާބީއެއް!
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!