މި ހަފްތާގެ ފަހުކޮޅު އެމެރިކާގެ ފްލޮރިޑާއަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާ ތޫފާން މިލްޓަންގެ ސަބަބުން ހޮލީވުޑްގެ ގިނަ ތީމް ޕާކްތަކެއް ބަންދުކޮށްފި އެވެ.
އެގޮތުން ބަންދު ކޮށްފައިވާ ތީމް ޕާކްތަކުގެ ތެރޭގައި ފްލޮރިޑާގައި ހުންނަ ވޯލްޑް ޑިޒްނީ ތީމް ޕާކްއާއި ޔުނިވާސަލް ސްޓޫޑިއޯސް ހިމެނެ އެވެ.
ތޫފާން މިލްޓަންގެ ނުރައްކާތެރިކަން ބޮޑުވެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ނެރެފައިވާއިރު މުނިފޫހި ފިލުވުމުގެ ހުރިހާ ކަމެއްހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ
ކެޓެގަރީ 4ގެ ތޫފާނެއްގެ ގޮތުގައި ބެލެވިފައިވާ ތޫފާން މިލްޓަންގެ އަސަރު އެ ޕާކުތަކަށް ކުރާނެ ކަމަށް ލަފާ ކުރެވޭތީ އާއްމު ތަންތަނުގައި އުޅުމުގައި ވެސް ސަމާލުވުމަށް އިދާރާތަކުން ވަނީ އަންގާފަ އެވެ.
ޑިޒްނީ ވޯލްޑްއާއި ޔުނިވާސަލް ސްޓޫޑިއޯސްއަކީ ކޮންމެ ދުވަހަކު ވެސް އެތަންތަނަށް އެތައް ހާސް ބަޔަކު ވަންނަ މަގުބޫލު ތަންތަނެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފި