އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު މޯދީއާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގަ އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަން ފާހަގަކުރެއްވުމަށް މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވާ ކަމަށެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ވަނީ ރާއްޖެއިން އިންޑިއާއާއެކު މުހިންމު ފަސް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މިހާރުގެ ވެރިކަން ކުރާ ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް އިންޑިއާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ވެރިކަމުގެ ކުރީކޮޅުވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ.
ނަމަވެސް މިހާރު ދެ ގައުމުންވެސް ދަނީ ގުޅުން ބަދަހި ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ނޫސްވެރިން އޮޅުވާލަނީ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީ ސިއްރު
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މޭޔަރު ސައުދާ ސުވާލުކޮށްފި