މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ވިއްސައިގެންގޮސް ބޮލަށް އަނިޔާގެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:11 ހާއިރު ބްރިޖްއިން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑުތަކުރުފާނުމަގުން ބްރިޖާވީކޮޅަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން އަންހެނަކު ވިއްސައިގެންގޮސް ވެއްޓި ބޮލަށް އަނިޔާވެގެން ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓް ހިނގުން އިތުވާތީ 24 ގަޑިއިރު ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މި އަހަރުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓްތަކުގައި ބައެއް މީހުން މަރުވެފައިވެ އެވެ.
މެސީއަށް ލިބުނު އަނިޔާ އާ ގުޅިގެން ޕުއެޓޯރިކޯގެ ދަތުރު ފަސްކޮފި
ރޯގާގެ އަސަރު އެކި މީހުންނަށް އެކި ވަރަށް ކުރަނީ ކީއްވެ؟
"ރަންގް ދޭ ބަސަަންތީ"ގެ ރީޔުނިއަންގައި މެޑީ ނުފެނުނީ ކީއްވެ؟
