އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑެއް ކަމަށްވާ "ކޯލްޑްޕްލޭ" ހުއްޓާލަން އުޅޭކަން އެ ބޭންޑުގެ ލީޑް ވޯކަލިސްޓް ކްރިސް މާޓިން އިއުލާން ކޮށްފި އެވެ.
ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކްރިސް ބުނީ އެ ބޭންޑުން ޖުމްލަ 12 އަލްބަމް ރިލީޒް ކުރާނެ ކަމަށާއި އެއީ އެ ބޭންޑުގެ ސަޕޯޓަރުންނަށް ވާ ވައުދެއް ކަމަށެވެ.
ކޯލްޑްޕްލޭގެ 10 އަލްބަމެއް މިހާތަނަށް ރިލީޒް ކުރެވިފައިވާއިރު މި އިއުލާނާއެކު ދެން އެ ބޭންޑުން ރިލީޒް ކުރާނީ އިތުރު ދެ އަލްބަމެވެ.
"ހެރީ ޕޮޓާގެ އޮތީ ހަތެއް. ބީޓްލްސްގެ ވެސް 12. ބޮބް މާލީގެ ވެސް އުޅެނީ އެހާކަންހާ ވަރަށް" ވަކި ހިސާބަކުން ކޮންމެ ކަމެއް ވެސް ނިންމާލުން މުހިއްމު ކަމަށް ބުނަމުން ކްރިސް ބުންޏެވެ.
ކްރިސް އިތުރަށް ބުނެފައިވަނީ ބޭންޑުގެ މެމްބަރުން އެކުގައި އަމިއްލަ މަސައްކަތްތަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންނަމަވެސް އެހާ ހިސާބުން "ކޯލްޑްޕްލޭ" ނިމުނީ ކަމަށެވެ.
ކޯލްޑް ޕްލޭއިން މި އިއުލާން ކޮށްފައި މިވަނީ އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ އެ ބޭންޑުގެ ކޮންސެޓުގެ ޓިކެޓުތައް ކަޅު ބާޒާރުގައި އަގުބޮޑުކޮށް ވިއްކާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
"ފާސްޓް އެންޑް ފިއުރިއަސް"ގެ ޓީމަށް ރޮނާލްޑޯ ގުޅިއްޖެ
މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90ރ. ކަމަށް ކަނޑައަޅައިފި
2025ގެ އެންމެ މޮޅު ބިރުވެރި ފިލްމުތައް!