މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ތެރޭގައި ރާއްޖެއަށް 1.35 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިފޯޓުގައިވާ ގޮތުން މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.359،208 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1.230،081 ޓޫރިސްޓުންނާ އަޅާ ބަލާއިރު 10.5 ޕަސެންޓް އިތުރު އަދަދެކެވެ.
ވަކިވަކި މަސްމަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު:
- ޖެނުއަވަރީ – 192،385 ޓޫރިސްޓުން
 - ފެބްރުއަރީ – 217،392 ޓޫރިސްޓުން
 - މާޗް – 194،227 ޓޫރިސްޓުން
 - އޭޕްރީލް – 168،366 ޓޫރިސްޓުން
 - މޭ – 119،875 ޓޫރިސްޓުން
 - ޖޫން - 123،284 ޓޫރިސްޓުން
 - ޖުލައި – 167،528 ޓޫރިސްޓުން
 - އޮގަސްޓް – 176،151 ޓޫރިސްޓުން
 
ވަކި ވަކި ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،682 ޓޫރިސްޓުން އާދެ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވަނީ ދެ މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ 63،6691 ޓޫރިސްޓުންނެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!