އައިޖީއެމްއެޗުގެ ދިވެހި ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލްގެ އަންހެން ނަރުހަކާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި އެ އިދާރާ އަށް ހުށަހަޅާފައިވަނީ އެ ހޮޕިސްޓަލުން ކަމަށް ފުލުހުން ބުނެ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތު ކުރެވިފައިވަނީ އެ ހޮސްޕިޓަލްގެ ޑިޕާޓްމެންޓެއްގެ އެންމެ އިސް ނަރުހަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަތުކޮށްފައި ނުވާއިރު، ފުލުހުން މައްސަލައާ ގުޅޭ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެއެވެ.
"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ