ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ބޮލީވުޑްގެ ކާމިޔާބު ގިނަ ތަރިންތަކެއް ހޮލީވުޑަށް މިސްރާބު ޖަހާފައިވީ ނަމަވެސް ޝާހްރުކް ޚާންގެ ފަރާތުން އެފަދަ ކަމެއް އަދި ފެނިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ޝާހްރުކް ޚާންއާ ސުވާލު ކުރެވުމުން ހޮލީވުޑުން މިހާތަނަށް އޭނާ ފެނިފައިނުވާ ސަބަބު ޝާހްރުކް ޚާން ވަނީ ބުނެދީފަ އެވެ.
ނިމިގެންދިޔަ ލޮކާނޯ ފިލްމް ފެސްޓިވަލްގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ޚާން ބުނެފައިވަނީ ހޮލީވުޑަށް އޭނާ ތައާރަފްވާ ރޯލަކީ ކޮންމެ ކޮންމެ ރޯލަކަށް ވާން ބޭނުންނުވާ ކަމަށާއި އޭނާގެ ބެލުންތެރިންނަށް ކަމުދާނެ ރޯލަކަށް ވާންވާނެ ކަމަށެވެ.
"އަހަންނަށް ސަޕޯޓްކުރާ މީހުން އަހަންނަށް ދީފައިވާ ހައިސިއްޔަތާ ގުޅޭފަދަ ރޯލެއް ބޭނުންވަނީ. ކޮންމެ ކޮންމެ ރޯލަކާއެކު ބެލުންތެރިން މާޔޫސް ކުރުވާކަށް ބޭނުމެއް ނޫން" ޝާހްރުކް ޚާން ބުންޏެވެ.
ޝާހްރުކް ޚާން އިތުރަށް ބުނީ ކޮންމެ ގައުމެއްގެ ފިލްމެއް ކުޅުނު ނަމަވެސް އާއްމުންގެ ފަރާތުން އޭނާއަށް ލިބިފައިވާ ލޯތްބާއި އިހުތިރާމަށް ކުޑައިމީސް ނުކުރާނެ ކަމަށެވެ.
ލޮކާނޯ ފިލްމު ފެސްޓިވަލްގައި ޝާހްރުކް ޚާންއަށް ލައިފްޓައިމް އެޗީވްމަންޓްގެ ޝަރަފު އެރުވުނުއިރު އެ އެވޯޑު ބަލައިގަންނަން އޭނާ ވަނީ އިޓަލީގެ ލޮކާނޯއަށް ގޮސްފަ އެވެ.
ވޭޕް ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކާއި އޭގެ ހަގީގަތް!
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ
ހިމަބިހި ޖެހުނު މީހުންގެ އަދަދު 66 އަށް އަރައިފި
ފްލޮޕް ވެދާނެތީ ބިރުގަންންނީ!