ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ފެންމަތިވި ޑްރަގުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު މިނިވަންކޮށްފި އެވެ.
މުމްބާއީގެ ކޯޓަކުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޕައުލް ބާޓެލްސްއާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށައެޅިފައި ނުވާތީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ސާބިތުނުވާ ކަމަށެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ޕައުލް ހައްޔަރު ކޮށްފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެހެން މީހަކާ އޮތް ގުޅުމެއްގެ ތެރެއިންނެވެ.
އެހެން ނަމަވެސް ތުހުމަތު ކުރެވޭ މީހަކާ ގުޅުމެއް އޮތީތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި ޕައުލްގެ ކުށް ސާބިތުވާ ވަރަށް މިނިވަން ހެކި ހުށައެޅިފައިނުވާ ކަމަށް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
މި އަމުރާއެކު މިހާރުވެސް ކުރިއަށްދާ ސުޝާންތުގެ މަރުގެ ތަހުގީގަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ސީބީއައިއިން އަދިވެސް އެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2020 ވަނަ އަހަރުގެ ޖޫން 14 ވަނަ ދުވަހު ސުޝާންތުގެ އެޕާޓްމަންޓުގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުމުން އެންމެ ފުރަތަމަ އޭނާ އަމިއްލައަށް މަރުވީ ކަމަށް ބެލެވުނު ނަމަވެސް އޭގެ ފަހުން އެ މަރާ ގުޅޭ އިތުރު މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟