ސީބީއެސްގެ މަޝްހޫރު ސިޓްކޮމް "ބިގް ބޭންގް ތިއަރީ"ގެ ތަރި ކެއިލީ ކުއޯކޯއާއި އޭނާގެ ބައިވެރިޔާ ޓޮމް ޕެލްފްރޭ އެންގޭޖްވެއްޖެ އެވެ.
ކެއިލީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން އޭނާގެ އިނގިލީގައި އަނގޮޓިއެއް އޮތްކަން އެނގޭއިރު އޭނާގެ ޓީމުން ވެސް ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.
އެ ފޮޓޯއާއެކު ކެއިލީ ބުނެފައިވަނީ ދިރިއުޅުމަކީ ވަރަށް އުޖާލާ ދަތުރެއް ކަމަށާއި އެ ދަތުރުގައި ޓޮމްއާ ބައްދަލުވީތީ ޝުކުރުވެރިވާ ކަމަށެވެ.
ކެއިލީއާއި ޓޮމް އެންމެ ފަހުން އެންގޭޖްވެ ކައިވެންޏަށް ތައްޔާރު ވަމުން އަންނައިރު މިހާރު ވެސް އެ ދެމީހުންގެ އެއް އަހަރުގެ ދަރިއަކު ހުރެ އެވެ.
ކެއިލީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވަނީ މަޝްހޫރު ސިޓްކޮމް "ބިގް ބޭންގް ތިއަރީ"ގައި އޭނާ ދައްކުވައިދިން "ޕެނީ"ގެ ރޯލުންނެވެ.
ޖުމްލަ 12 ސީޒަންއަށް ކުރިއަށްދިޔަ "ބިގް ބޭންގް ތިއަރީ"އިން ކެއިލީއަށް އޭނާގެ ކެރިއަރުގެ ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ.
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް