އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބާއްވަން ހަމަޖެހިފައި އޮތް ޓޭލާ ސްވިފްޓްގެ އީރާސް ޓުއާ ކޮންސެޓުތަކުގައި ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރުދީ އެކަން ރޭވުމުގައި ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އޮސްޓްރިއާގެ އިދާރާތަކުން ހާމަކުރާ ގޮތުގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ދެ މީހުންނަކީ އުމުރުން 19 އަހަރާއި 17 އަހަރުގެ އޮސްޓްރިއާ ރައްޔިތުންނެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ދެމީހުން އައީ ޖުލައި މަހުން ފެށިގެން ހަމަލާގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އެ ދެމީހުންނަށް ހިތްވަރު ލިބުނީ އަލްގައިދާއާއި އައިސިސްގެ ފަރާތުން ކަމަށް އެމީހުން ބުނެފައިވެ އެވެ.
ހަމަލާ ރޭވި މީހުންގެ މަގްސަދަކަށްވީ ކޮންސެޓަށް ދާ މީހުންގެ ތެރެއިން ވީހާވެސް ގިނަ މީހުން މެރުން ކަމަށް ހައްޔަރު ކުރެވުނު ދެމީހުން ވަނީ އެއްބަސްވެފަ އެވެ.
މި ހަފްތާ ބަންދުގައި ވިއެނާގައި ބާއްވަން އޮތް ތިން ކޮންސެޓުގައި ޓެރަރިސްޓް ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ލިބުމާއެކު އެ ތިން ކޮންސެޓުވެސް ވަނީ ކެންސަލް ކުރެވިފަ އެވެ.
އެ ކޮންސެޓުތަކަށް 60،000 އަށްވުރެ ގިނަ ޓިކެޓުތައް ވިކިފައިވާއިރު ދެން އެ ކޮންސެޓުތައް އޮންނާނީ ކޮން ދުވަހަކު ކަމެއް އަދި ނޭނގެ އެވެ.
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ސާވޭއެއް ފަށައިފި
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ