ޕްރިންސް ހެރީ އާއި ޑަޗެސް މޭގަން އޮންލައިން ބުލީކުރުމާ ގުޅޭ ގޮތުން އަމިއްލަ އަށް ކުރި ތަޖުރިބާގެ މައްޗަށް ބިނާކޮށް ބެލެނިވެރިންނަށް ސަޕޯޓް ނެޓްވޯކެއް ކަމަށްވާ "ދަ ޕޭރެންޓްސް ނެޓްވޯކް" ތައާރަފްކޮށްފި އެވެ.
މި ނެޓްވޯކްގެ އަމާޒަކީ ސައިބަ ބުލީ ކުރުމުން ޒުވާނުން ސަލާމަތްކުރުމަށް ޓެކް ކުންފުނިތަކާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން އިތުރަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ވަކާލާތުކުރުން ކަމަށް އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އެމެރިކާގެ ބްރޯޑްކާސްޓަރު ސީބީއެސް އިން އެ މީހުންގެ ޝޯ "ސަންޑޭ މޯނިން" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޮންލައިންކޮށް ފުރައްސާރަކުރުމާއި އަބުރު ގެއްލުމުގެ ސަބަބުން އަމިއްލަ އަށް މަރުވި ކުދިންނާއި ޓީނޭޖަރުންގެ މައިންބަފައިންނަށް މި ނެޓްވޯކް ސަޕޯޓް ސިސްޓަމްއެއް ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
މޭގަން ބުނި ގޮތުގައި އޭނާ މި ނެޓްވޯކް ހަދާފައި ވަނީ އަމިއްލައަށް ކުރެވުނު ތަޖުރިބާ އެހެން މީހަކަށް ވާން ނޭދޭތީ ކަމަށެވެ.
ޕްރިންސް ހެރީ ވަނީ ޕޭރެންޓްސް ނެޓްވޯކްގައި އޭނާގެ ދައުރަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ، ޓެކް ކުންފުނިތަކާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން ސައިބާ ބުލީންއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި