ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ މިވަގުތު ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ކާމިޔާބު އެއް ދެމަފިރިންނެވެ. އެ ދެމީހުންގެ ފިލްމީ ހަޔާތުގެ އިތުރުން ޒާތީ ދިރިއުޅުމަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާ ކަމެކެވެ.
ދާދިފަހުން އާއްމުވި ޕޮޑްކާސްޓެއްގައި ރަންބީރު އޭނާގެ ކައިވެންޏާއި އަންހެނުންނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއް ގޯސްވެ އޭނާއަށް ވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އެ ޕޮޑްކާސްޓްގައި ރަންބީރު ބުނީ އެ ދެމީހުން ފުރަތަމަ ބައްދަލުވިއިރު އޭނާގެ އުމުރުން 20 އަހަރު ކަމަށާއި އާލިއާގެ އުމުރަނީ އެންމެ ނުވަ އަހަރު ކަމަށެވެ.
އޭގެ އިތުރުން ކައިވެންޏަށްފަހު އާލިއާގެ ދިރިއުޅުމަށާއި މިޒާޖަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެމީހުންގެ ކުޑަ އާއިލާއަށްޓަކައި އާލިއާ ގިނަ ކަންތައްތަކެއް ކުރާ ކަމަށެވެ.
ރަންބީރުގެ މި ވާހަކަތަކާއެކު ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އަންނަނީ ރަންބީރުއަކީ އަނބިމީހާ ވަރަށް ކޮންޓްރޯލް ކޮށްގެން އުޅޭ މީހެއްކަން އޭނާގެ ވާހަކައިން ދޭހަވާ ކަމަަށް ބުނަމުންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު ރަންބީރު ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ނިތޭޝް ތިވާރީގެ "ރާމާޔަން" އިންނެވެ.
އީރާނުގެ ސަފީރު ވަގުތުން ލުބުނާނުން ބޭރުވުމަށް އަންގައިފި
ގަސް ހައްދަންވީ ހަމައެކަނި "ހޮބީ"އަކަށް ނޫން!
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން