މި ދުވަސްވަރު އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ މަހުޖަނު އަމްބާނީ އާއިލާގައި ކުރިއަށްދާ ކައިވެނީގެ ވާހަކަތަކެވެ.
އެއާއިލާގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީއާއި އޭނާގެ ލޯބިވެރިޔާ ރަދިކާގެ ކައިވެނީގެ ކޮންމެ ކަމަކީ ވެސް މީޑިއާއާއި އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ ކަންކަމެވެ.
އެގޮތުން މިފަހަރު އާއްމުންގެ ލޮލުގައި އަޅައިގަތީ އަންގާރަ ދުވަހު ބޭއްވި ރަދިކާގެ "ހަލްދީ" ހަފްލާގައި އޭނާ ލައިގެން ހުރި ރީތި ހެދުމެވެ.
ރީނދޫ ކުލައިގެ އެ ހެދުމާއެކު ބޭނުންކޮށްފައިވާ ދޯޕައްޓާ ޖަރީ ކުރެވިފައިވަނީ އަސްލު މާމެލާމެލިންނެވެ. ހުވަނދު މާ ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ ދޯޕައްޓާ އެކުލެވޭ އެ ހެދުމަކީ ޑިޒައިނާ ހެދުމެކެވެ.
އެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ހެދުމާއެކު ބޭނުންކޮށްފައިވާ މަލުގެ ގަހަނާތަކުންނެވެ. ކަރުގައި އޮތް ހާރާއި ކަންފަތުގެ ގަހަނާ ވެސް ތައްޔާރު ކުރެވިފައިވަނީ ހުވަނދު މަލުންނެވެ.
އާނަންތުއާއި ރަދިކާގެ ކައިވެނީގެ ހަފްލާތައް ފެށިގެން ކުރިއަށްދާއިރު ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.
ޕްރައިމަރީ ނުބާއްވައި ޕީއެންސީން ގިނަ ބަޔަކަށް ޓިކެޓް ބަހާލަނީ
އިންތިހާބާ ދިމާކޮށް ހިޔާ ފްލެޓްގެ ޖޫރިމަނާތައް މާފްކޮށްދީފި
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!