ހޮލީވުޑްގެ އެންމެ ދުވަސްވީ އެއް ސްޓޫޑިއޯ ކަމަށްވާ ޕެރަމައުންޓް ގްލޯބަލް އުވާލައި އާ ކުންފުންޏެއް އުފައްދަން އެ ސްޓޫޑިއޯގެ މެނޭޖްމަންޓުން ނިންމައިފި އެވެ.
މަޝްހޫރު ރެޑް ސްޓޯން އާއިލާއިން ހިންގަމުން އައި ޕެރަމައުންޓް އުވާލަނީ މިނިވަން ސްޓޫޑިއޯއެއް ކަމަށްވާ ސްކައިޑާންސްއާ ގުޅިގެންނެވެ.
ޕެރަމައުންޓް އުވާލައި އެ ކުންފުނީގެ ހުރިހާ ހިއްސާއެއް ސްކައިޑާންސްއަށް ވިއްކާލުމުން އުފެދޭ އާ ކުންފުންޏަކީ ބިލިއަނަކަށް ވުރެ އަގުބޮޑު ކުންފުންޏަކަށް ވާނެ އެވެ.
މި ދެ ކުންފުނިން ވެސް މި ގުޅުމަށް އެއްބަސްވެފައިވާއިރު އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ވަކިވަކިން ނެރުނު ބަޔާނެއްގަ އެވެ.
ޕެރަމައުންޓުން އުފެއްދި ފިލްމުތަކުގެ ތެރޭގައި "ޗައިނާ ޓައުން"، "ދަ ގޯޑްފާދާ" އަދި "ބްރެކްފާސްޓް އެޓް ޓިފަނީސް" ފަދަ ފިލްމުތައް ހިމެނެ އެވެ.
ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތްކޮށްގެން 25،000ރ. ހޯދިދާނެ
ކޮންސެޓްގެ ތެރެއިން ހެރީ ސްޓޭޖް މައްޗަށް ވެއްޓުނީ ކީއްވެ؟
"އެއާޕޯޓް ނާޅަން ނިންމި ނިންމުން ސަރުކާރުގެ ސިޔާސަތާ ހިލާފު"