ގެވެށި އަނިޔާގެ މައްސަލައެއްގައި ފުވައްމުލައް ސިޓީން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ފުވައްމުލަކު ސިޓީގައި ހިނގި ގެވެށި އަނިޔާކުރުމުގެ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާކަމަށް މާނަކޮށްފައި ވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭ ފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާ ފަދަ، ޖިސްމާނީ އަނިޔާއެއް ކުރުމަށެވެ.
ހަންޓާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ: އެޗްޕީއޭ
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
ބަރުދަން ލުއިކުރަން އެޑޭލްގެ ހަޔާތަށް ގެނައީ އާދައިގެ ބަދަލެއް!