ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އޭނާ ރާއްޖެ އައީ މިއަދު އެވެ. އެނގިފައިވާގޮތުގައި ގަދައަށް ހުން އައުމަށްފަހު އޭނާގެ ހާލު ސީރިއަސްވީ އެވެ. އެހެންވެ އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.
އުމުރުން 38 އަހަރުގެ ބަކާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ހައްޖުގެ އަޅުކަމަށްފަހު ރާއްޖެއައުމަށްފަހު ސިއްހީ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
އާރްޓީއައި ގާނޫނު ދަނީ އެބިއުސްކުރަމުން: އުޝާމް
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
