ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ އޭނާގެ ލޯބިވެރިޔާ ޒަހީރު އިގުބާލްއާ އިއްޔެ ކައިވެނި ކޮށްފައިވާއިރު ގިނަ ބައެއްގެ ހިތުގައިަ އުފެދުނު ސުވާލަކީ ކައިވެންޏަށްފަހު ސޮނާކްޝީ އިސްލާމް ދީން ގަބޫލު ކުރާނެތޯ ކުރެވުނު ސުވާލެވެ.
ޒަހީރުއަކީ އިސްލާމަކަށް ވާއިރު ގިނަ ބަޔަކަށް ހީވެފައި އޮތީ ވެސް ކައިވެންޏަށްފަހު ސޮނާކްޝީ އޭނާގެ ހިންދޫ ދީން ދޫކޮށް އިސްލާމްވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޒަހީރުގެ ބައްޕަ އިގްބާލް ރަތަން ބުނީ ކައިވެންޏަށްފަހު ސޮނާކްޝީ އޭނާގެ ދީން ބަދަލު ނުކުރާނެ ކަމަށެވެ.
އިއްޔެ އެ ދެމީހުން ކައިވެނި ކޮށްފައިވާއިރު ކައިވެނީގެ އެއްވެސް ހަފްލާއެއް އެއްވެސް ދީނަކާ އެއްގޮތަށް ކޮށްފައެއް ނުވެ އެވެ. އެ ދެމީހުން ކައިވެނި ކޮށްފައިވަނީ ކޯޓު ކައިވެންޏެކެވެ.
ކައިވެންޏަށްފަހު ދެމަފިރިންގެ ފުރަތަމަ ފޮޓޯތައް މިހާރު އިންޓަނެޓަށް ދޫކޮށްލާފައިވާއިރު އެއާއެކު ބުނެފައިވަނީ އެއީ ހިތާއި ހިތުގެ ގުޅުމެއް ކަމަށެވެ.
ހަތް އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ސޮނާކްޝީއާއި ޒަހީރު ކައިވެނި ވެސް ކޮށްފައިވަނީ އެ މީހުން ފުރަތަމަ ބައްދަލުވުމަށް ހަތް އަހަރު ފުރުނު ދުވަހު އެވެ.
ޝީއިން އާއި ޓެމޫ ކޮންޓްރޯލް ކުރަން ފްރާންސްގައި ގާނޫނެއް
"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގެ ޓީމެއް ނޫން"
ލީވާންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ތާވަލުކޮށްފި