ބޮލީވުޑް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ހިއްސާ އޮތް ނިއުޔޯކްގެ ރެސްޓޯރެންޓެއް ކަމަށްވާ "ސޯނާ" ބަނގުރޫޓުވެ ބަންދުކުރަން ނިންމައިފި އެވެ.
އެގޮތުން އެ ރެސްޓޯރެންޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ރެސްޓޯރެންޓުން ހިދުމަތްދޭ އެންމެ ފަހު ދުވަހަކީ ޖޫން މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
"ސޯނާ" ބަންދު ކުރަން ނިންމާފައި އެވަނީ އެ ރެސްޓޯރެންޓުގެ ޕާޓްނާޝިޕުން ޕްރިޔަންކާ ވަކިވިތާ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ.
އެ ވިޔަފާރިން ޕްރިޔަންކާ ވަކިވުމަށްފަހު ރެސްޓޯރެންޓްގެ ވިޔަފާރި ބޮޑު ތަނުން ދަށަށް ގޮސް ހަރަދުތައް ނުބެލެހެއްޓޭ ވަރު ވީ ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ތިން އަހަރު ކުރިން ހުޅުވި "ސޯނާ"އަކީ އާއްމުކޮށް ހޮލީވުޑްގެ ތަރިން ވެސް އަންނަ ކާމިޔާބު އިންޑިއަން ކުއިޒިން ރެސްޓޯރެންޓެކެވެ.
އީރާން އަމާންދިނުމަށާއި، އޮމާނަށް ބޮންއަޅާނެ ކަމުގެ އިންޒާރު
ކަތިވަޅިއަކުން މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި