ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިއްސާއަކަށް 80ރ. ބަހަން ނިންމައިފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ އަހަރުގެ ފައިދާ އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80ރ. ބަހަން ހުށަހެޅުމުން މިއަދު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާ ކަމަށެވެ.
އަދި މި އަދަދު ހިއްސާދާރުން ފާސްކޮށް ދިނުމަށް ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ.
ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާ އިން ފާސްވުމަށް ފަހުގައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.
"ވީމާ، މިކަން ކުންފުނީގެ އެންމެހާ ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެސްޓީއޯގެ އިއުލާންގައިވެ އެވެ.
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި