ލޯންޗެއް ތ. ކިނބިދޫގެ ނެރު ފަސްގަނޑަށް މިއަދު އަރައިފި އެވެ.
ފުލުހުން ބުނީ މިއަދު 5:00 ހާއިރު "ވެލިމާ" ނަމަކަށް ކިޔާ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރައިފައިވާ ކަމަށެވެ. އެ ލޯންޗުގައި އެ ވަގުތު ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ ލޯންޗު ނެރުފަސްގަނޑަށް އަރައިފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި މުޅި ލޯންޗު އޮތީ ނެރުފަސްގަނޑަށް އަރާ ހިކިފަ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
