ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން މަރުވި ހަ އަހަރުގެ ސަދާ ސައުދުﷲ ގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
އޮކްޓޫބަރު، 2021 ގައި ސަދާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސަދާ މަރުވީ ހޮސްޕިޓަލްގެ އިހުމާލުން ސަދާގެ ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހުމުންނެވެ. އެ މައްސަލާގައި އޭނާގެ މައިންބަފައިން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ސަރުކާރުން ބޭނުންވޭތޯ ބަލަން ކޯޓުން ފުރުސަތު ދިނުމުން ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ދައުލަތުން ބޭނުންވަނީ ކޯޓުން އެ މައްސަލާގައި ގޮތެއް ނިންމުމަށް ކަމަށެވެ.
ސަދާ މަރުވި މައްސަލާގައި ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމާފައިވެ އެވެ. އަދި ބައެއް ޑޮކްޓަރުންގެ ލައިސަންސް ވެސް އެ މައްސަލާގައި ބާތިލްކުރި އެވެ.
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
			އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!