މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޓީސީސީން ބޮޑު ހަރަދުކޮށްގެން ރާއްޖެ ގެނައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީތައް، އާންމު ހިދުމަތަށް ނެރެވޭގޮތް ނުވެ މަގުމަތީގައި ގިނަވެ، ބޭކާރުވަމުންދާ މައްސަލަ ބޮޑުވެއްޖެ އެވެ.
މި މަޝްރޫއުގެ ދަށުން 150 އީވީ ކާރު ރާއްޖެ ގެނައުމަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މި ހިދުމަތް ދިނުމަށްޓަކައި 400 އަށްވުރެ ގިނަ ޑްރައިވަރުން ވަޒީފާއަށް ނަގާފައިވީ ނަމަވެސް، މިލިއަނުން ހިނގާ މި ބޮޑު ހަރަދާ އެއްވަރުގެ ހިދުމަތެއް ރައްޔިތުންނަށް ލިބެމުން ނުދާކަން ފާހަގަކުރެވެއެވެ.
އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ބަދަލުގައި، މި ވެހިކަލްތައް ވީއައިޕީ ދަތުރުތަކަށާއި، ބައެއް ފަރާތްތަކުގެ އަމިއްލަ އާއިލީ ބޭނުންތަކަށް ބޭނުންކުރަމުންދާ ކަމުގެ ޝަކުވާތައް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ. މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ވަނީ ޓެކްސީގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ ތުހުމަތުތަކެއް ފެންމަތިވެފަ އެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން މިލިއަނުން ހަރަދުކޮށްގެން ގެނައި މި ތަކެތި، އެދެވޭ ގޮތެއްގައި ބޭނުންނުކުރެވި މަގުމަތީގައި ހަލާކުވާން ދޫކޮށްލާފައި އޮތުމަކީ ބޮޑު ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ހަމާސްގެ ހަތިޔާރު އަތުލުމާ ބެހޭ އެއްބަސްވުމެއް ގާއިމުކޮށްފި
"ޖުމާންޖީ: އޯޕަން ވޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި
"ދައުލަތުގެ ފައިސާއިން ޕީއެންއެފް ހިންގުމުގެ ވިސްނުމެއް ނެތް"