ބ. އަތޮޅުގައި ވެސްޓިން މޯލްޑިވްސް މިިރިއަންދޫ ރިސޯޓަށް ޖައްސަން އުޅުނު ޓީއެމްއޭގެ ސީޕްލޭނެއް އެކްސިޑެންޓުވެ ހިނގި ހާދިސާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
މިހާދިސާ މިއަދު ހިނގީ ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން ވެސްޓިންގެ ފަޅުތެރެއަށް ބޯޓު ޖައްސަން އުޅުނު ވަގުތު އެވެ.
މިއަދު މެންދުރުފަހު 3:30 ހާއިރު ހިނގި މި އެކްސިޑެންޓާ ގުޅިގެން ސީޕްލޭން ދިޔަވަމުން އަންނަ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ވީޑިއޯގައި ބޯޓުގެ ފަހަތަށް ފެން ގަނޑު ވަދެފައިވާ މަންޒަރު ފެނެ އެވެ. ގެއްލުންވި ބޯޓަކީ ޓީއެމްއޭގެ ބޯޓެކެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 11 ޕެސެންޖަރުންނާއި ކުރޫންގެ ގޮތުގައި ތިން މީހަކު ތިއްބެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަދި ބޯޓުގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޓީއެމްއޭގެ ރަސްމީ ބަހެއް ނުލިބެ އެވެ.
ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
