ހޮލީވުޑްގެ މަގުބޫލު ތަރިން ކަމަށްވާ ޖެނިފާ ލޮޕޭޒްއާއި ބެން އެފްލެކްގެ ކައިވެނި ނިމުމަކަށް އަންނަން އުޅޭ ކަމުގެ ހަބަރުތައް އަނެއްކާ ވެސް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
މިފަހަރު މި އަޑުތައް ގަދަވެފައި މިވަނީ އެ ދެމީހުންގެ ކައިވެންޏަށްފަހު ލޮސް އެންޖެލަސްއިން ގަތް ގެ ވިއްކާލަން އާއްމުކޮށް އިއުލާން ކޮށްފައިވާތީ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ދެމަފިރިންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 60 މިލިއަން ޑޮލަރުގެ އަގުހުރި އެ ގެ ވިއްކާލުމުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ.
ބެންއާއި ޖެނިފާގެ ދެމެދުގައި މައްސަލަތަކެއް ޖެހި ދެ މީހުން ވަކިން ދިރިއުޅެމުން އަންނަ ކަމުގެ ހަބަރުތައް މީގެ ދެ ހަފްތާއެއް ކުރިން ވެސް ވަނީ މީޑިއާއަށް ތިލަވެފަ އެވެ.
އެވަގުތު އެ ދެމީހުންގެ ކައިވެނި ނިމުމަކަށް އަންނާނެ ކަމަށް ނުބެލެވުނަސް ގެ ވިއްކާލަން ހުޅުވާލުމާއެކު ވަރަށް އަވަހަށް ވަރިވެސް ވާނެ ކަމަށް ބެލެވެ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ގައިންގަޔަށް ނާރާ ބަލިތަކަށް ދުންފަތް މަގުފަހިކޮށްދޭ: ނާޒިމް
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި