ޝާހްރުކް ޚާންއަކީ ބޮލީވުޑް ތަރިންގެ ތެރެއިން ވަރަށް މީޑިއާއާ ރައްޓެހި ތަރިއެކެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް އޭނާ އުޅެމުން އަންނަނީ މީޑިއާއާ ވަރަށް ދުރުދުރުންނެވެ.
ސަބަބެއްގެ ގޮތުގައި ރިޕޯޓުތައް ބުނަނީ 2021 ވަނަ އަހަރު ކުރިއަށްދިޔަ ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ޑްރަގް ކޭސްގެ މައްސަލަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާރްޔަންގެ މައްސަލަ މީޑިއާގައި ގެނެސްދިން ގޮތާމެދު ޝާހްރުކް ޚާން ހުރީ ވަރަށް ހިތްހަަމަ ނުޖެހިފަ އެވެ. އެހެން ކަމުން މިދިޔަ ދެތިން އަހަރު މީޑިއާއަށް އޭނާ ދީފައިވަނީ ވަރަށް މަދު ވަގުތެކެވެ.
މީގެ ކުރިން ޝާހްރުކް ޚާންގެ ކޮންމެ ފިލްމެއް ރިލީޒް ކުރުމުގެ ކުރިން އޭނާ މީޑިއާއަށް އިންޓަވިއުތައް ދީ ހެދިނަމަވެސް މިފަހުން ނުކުތް އޭނާގެ ފިލްމުތަކުގައި މީޑިއާއަށް ދީފައިވަނީ ވަރަށް މަދު އިންޓަވިއުއެކެވެ. 2021 ވަނަ އަހަރު ކްރޫޒްއެއްގެ ތެރޭގައި ޑްރަގް ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އާރްޔަން ޖަލުގައި 22 ދުވަސް ހޭދަކުރި އެވެ.
ރަސްމާލޭގެ މާސްޓަޕްލޭން ހަދަން ހުޅުވާލައިފި
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"