ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިއްމު ކެއުމެވެ. އެ ކެއުން ރަނގަޅު ގޮތުގައި ކެވިއްޖެނަމަ މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެ އެވެ. އެހެން ނަމަވެސް ހެނދުނުގެ ނާސްތާ ކެއުމުގައި ވެސް ހެދޭ ގޯސްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ބައެއް ބާވަތްތަކުގެ ކާނާ ކެއުން ހިމެނެ އެވެ.
ކިރު އެކުލެވޭ ބާވަތްތައް
ހެނދުނުގެ ނާސްތާގައި ކިރު އެކުލެވޭ ބާވަތްތައް ބޭނުން ކުރުމަކީ ގިނަ މީހުންގެ ހަޖަމު ކުރުމުގެ ނިޒާމަށް ބުރޫ އަރާ ކަމެކެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގައި ލެކްޓޯޯސް ގިނަވެ ޖަރާސީމު އާލާވުމެވެ.
މޭވާ ޖޫސް
ހައިބަނޑާހުރެ ގުދުރަތީ ހަކުރު އެކުލެވޭ މޭވާގެ ޖޫސް ބުއިމަކީ ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވެ ހަކުރު ބަލީގެ މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ.
ޕާން
ހެނދުނުގެ ފުރަތަމަ ކެއުމަކަށް ޕާން ނުކާންވީ މައިގަނޑު ސަބަބަކީ އޭގައި އެކުލެވޭ ސްޓާޗްގެ މިންވަރެވެ. ހައިބަނޑާ ސްޓާޗް އެކުލެވޭ ކެއުންތައް ކެއުމަކީ ހަށިގަނޑުގައި ލޭގެ ހިނގުން ބަދަލުކުރުވާ ކަމެކެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟
އާއްމު ސަޕްލިމެންޓެއްގެ ސަބަބުން އުމުރު ކުރުވޭ: ދިރާސާ