ޗަންދިގަރް އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރަކު ބޮލީވުޑް އެކްޓްރެސް އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލިހަށް އަލަށް އިންތިހާބުވި މެމްބަރު ކަންގަނާ ރަނޯޓްގެ މޫނުމަތީގައި ޖެހުމާއެކު އަނެއްކާ ވެސް އޭނާގެ ހަބަރުތައް މިވަނީ މީޑިއާގައި ދައުރުވާން ފަށާފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ ސަރުކާރުގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ޗަންދީގަރުން ނިއުދިއްލީއަށް ކަންގަނާ ކުރި ދަތުރުގެ ތެރެއިންނެވެ.
އެ އޮފިސަރު ކަންގަނާގެ މޫނުމަތީގައި ޖެހި ސަބަބެއް އެނގިފައި ނުވި ނަމަވެސް އެކަމާ ގުޅިގެން މީސް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް މީހުން އަންނަނީ ފާޅު ކުރަމުންނެެވެ.
އޭގެ ތެރެއިން ވެސް އެންމެ ފާހަގަވީ ހުދު ކަންގަނާ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެކެވެ. މިހާރު ޑިލީޓް ކޮށްފައިވާ އެ ޕޯސްޓުގައި ކަންގަނާ ބުނެފައި ވަނީ އޭނާއަށް އެއާޕޯޓުން ކުރިމަތިވި ހަމަލާއާމެދު އުފާކުރާ މީހުން ބޮލީވުޑްގައި އުޅޭ ކަމަށެވެ.
އެއާއެކު އޭނާގެ ދިފާއުގައި ނުނުކުތުމުން ކަންގަނާ ވަނީ މުޅި ބޮލީވުޑަށް އޭނާގެ ރުޅިގަނޑު އަމާޒުކޮށްފަ އެވެ. އެގޮތުން ބޮލީވުޑްގައި އުޅެނީ ފިނޑި ބައެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
މިފަހުން ބޭއްވި އިންޑިއާގެ މަޖިލިސް އިންތިހާބުގައި ބީޖޭޕީގެ ޓިކެޓުގައި ވާދަކޮށް ކަންގަނާ ވަނީ މަންޑީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކް ފެނިދާނެތަ؟
ބީއެމްއެލް އިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި