ނޮބެލް އިނާމުގެ ވެރިޔާ މަލާލާ ޔޫސުފްޒާއީ އިނގިރޭސި ވިލާތުގެ ޝޯއެއް ކަމަށްވާ "ދަ ލޭޑީ ޕާޓްސް"އާއެކު އޭނާގެ އެކްޓިން ކެރިއަރު ފަށައިފި އެވެ.
އެ ޝޯގެ ތެރެއިން މަލާލާގެ ފުރަތަމަ ފެނިލުން މިހާރު ފެނިފައިވާއިރު، ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ އަންނަނީ ވަރަށް ގަދައަށް ދެކެވެމުންނެވެ. އެގޮތުން އެއް ބަޔަކު އޭނާގެ "ކައުބޯއީ" ލުކްއަށް ތައުރީފު ކުރަމުން އަންނައިރު އަނެއްބަޔަކު އަންނަނީ އޭނާގެ ފުރަތަމަ ފިލްމަށް އިނގިރޭސި ފިލްމެއް ހިޔާރު ކުރީތީ ފާޑުކިޔަމުންނެވެ.
މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި މަލާލާ ވަނީ ކެމެރާ ކުރިމައްޗަށް އެރުމަކީ ދުވަހަކު ވެސް ކުރާނެ ކަމަށް ހީނުވާ ކަމެއް ކަމަށް ބުނެފަ އެވެ.
މަލާލާއަށް ނޮބެލް އިނާމު ލިބިފައިވަނީ އޭނާގެ ގައުމު އަފްޣާނިސްތާނުގައި އަންހެން ކުދިންގެ ތައުލީމަށް ވަކާލާތު ކުރުމުންނެވެ. އެކަމާހެދި ހައްދުފަހަނައަޅާފައިވާ ތާލިބާނުން ވަނީ އޭނާއަށް ހަމަލާވެސް ދީފަ އެވެ.
ރިސޯޓެއްގެ ޕޫލަށް ވެއްޓި ކުއްޖަކު މަރުވެއްޖެ
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް