ހައްދު ފަހަނައަޅާފައިވާ އިޒުރޭލުން ފަލަސްތީނުގެ ރަފާހްއަށް ހަމަލާ ދިންތާ ދުވަސްތަކެއް ވެފައިވާއިރު ފަލަސްތީނުގެ ހައްގުގައި މަޝްހޫރު ގިނަ ތަރިންތަކެއް ދަނީ ވަކާލާތު ކުރަމުންނެވެ.
އެ ލިސްޓަށް އެންމެ ފަހުން އިތުރުވީ ކަރީނާ ކަޕޫރާއި އާލިއާ ބަޓް އެވެ.
"ދަ މަދާހުޑް ހޯމް" ކިޔާ އިންސްޓަގްރާމް ޕޭޖަކުން ފަލަސްތީނުގެ ކުޑަކުދިންގެ ހައްގުގައި ހިއްސާކޮށްފައިވާ ޕޯސްޓެއް އާލިއާ ވަނީ އޭނާގެގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފަ އެވެ.
އެއާއެކު އޭނާގެ ފަހަރި ކަރީނާ ކަޕޫރު ވެސް ވަނީ ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ޔުނިސެފުން ހިއްސާކޮށްފައިވާ ޕޯސްޓެއް ސްޓޯރީއަށް ލައިފަ އެވެ.
އާލިއާ އާއި ކަރީނާގެ އިތުރުން ވެސް ވަރުން ދަވަން އާއި ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިންތަކެއް ވެސް ވަނީ ފަލަސްތީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި އަޑު އުފުލައިފަ އެވެ.
ހަމައެއާއެކު މާހިރާ ޚާން ފަދަ ޕާކިސްތާނުގެ ތަރިން ވެސް އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުން އަންނަ އަނިޔާތައް ހުއްޓުވަން ގޮވާލަމުންނެވެ.
"މެން އެންޑް ޑަސްޓް" ސެލޫން ހުޅުވައިފި
ކެކިކެކި އޮންނަ ފެންގަނޑުގެ ވާހަކަ އަޑު އެހިންތަ؟
ކެއުމަށްފަހު ހޫނު ފެން ތަށްޓެއް ބޯނަމަ ގިނަ ފައިދާތަކެއް!