އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އިތުރު ރެސްޓޯރެންޓެއް ހައިދަރުއާބާދުގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
ހައިދަރުއާބާދުގައި ވިރާތު ހުޅުވަނީ އޭނާގެ ރެސްޓޯރެންޓް ޗެއިން ވަން 8 ކޮމިއުންގެ ބްރާންޗެއް އެކެވެ.
މި ރެސްޓޯރެންޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
މިރެސްޓޯރެންޓުންގައި ވިރާތު ނަގާފައިވާ ފޮޓޯއެއް ވެސް އޭނާ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިއްސާކޮށްފަ އެވެ.
"ވަން8 ކޮމިއުން" ރެސްޓޯރެންޓްތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ކަމުދާނެ ގޮތަށް ކެއުންތައް ތައްޔާރުކުރާ ރެސްޓޯރެންޓެކެވެ.
2017 ވަނަ އަހަރު އުފެދުނު "ވަން8 ކޮމިއުން" ވަނީ ދިއްލީ، މުމްބާއީ، ޕޫނޭ، ކޮލްކަތާ، އަދި ބެންގަލޫރު ފަދަ ބޮޑެތި ސިޓީތަކުގައި ރެސްޓޯރެންޓް ހުޅުވާފަ އެވެ.
ރޮރާންޑޯ އާއި މެސީ ވޯލްޑް ކަޕްގައި ބައްދަލު ކުރާނެތަ؟
12 ނޯޓިކަލް މޭލު ބޭރުގެ ވައިގެ ސަރަހައްދަށް ގާނޫނީ ބާރެއް ނެތް!
ގަސް ހައްދަންވީ ހަމައެކަނި "ހޮބީ"އަކަށް ނޫން!
