ޅ. އަތޮޅު ގާއެރިފަރުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައި ފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.
ދިގު އުމުރަކަށް ބޭރީސްގެ ދައުރު ބޮޑު!
ގިނައިން ފެން ބުއިމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތްތަ؟
އެންމެ ގިނައިން ބެލީ މަގުމައްޗަށް ކުނި އެޅި މައްސަލަތައް