މޯލްޑިވިއުން އެއާބަސްގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ހޯދަނީ އޭ 319 ސީއީއޯ ނުވަތަ އޭ 320 ސީއީއޯގެ ބޯޓެއް ކަމަށެވެ. މި ބޯޓު ހޯދަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ހިދުމަތް ނެރެވޭ ވަރަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް މޯލްޑިވިއަނުން ވަނީ މިގޮތައް ދިގު މުއްދަތައް ކުއްޔަށް ނަގައިގެން މަތިންދާ ބޯޓުތައް ހިދުމަތުގައި ބޭނުންކޮށްފަ އެވެ.
މޯލްޑިވިއަންގެ ފްލީޓަށް އިތުރު ބޯޓުތައް ހޯދައި ހިދުމަތް ފުޅާކުރުމުގެ ގޮތުން މިމަހުގެ 8 ވަނަ ދުވަހު ވަނީ އޭޓީއާރު މަރުކާގެ އިތުރު ބޯޓެއް ގެނެސްފަ އެވެ. މިއީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުވި 4 ވަނަ އޭޓީއާރު މަރުކާގެ ބޯޓެވެ.
މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 25 އެއަރކްރާފްޓް އެބައޮތެވެ. އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
			އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!
		
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
			"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
		
								
								