މާލޭގެ ކެފޭއެއްގެ ބަދިގޭ ދުންހޮޅިން ދުން ލީކުވެގެން އަނބުރައިގަތް ހަތް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
އެ ހާދިސާ ހިނގީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ކެފޭއެއްގަ އެވެ.
ފުލުހުން ބުނީ އެ ކެފޭގެ ބަދިގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވެ، ހަތް މީހަކު އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާގެ މީހަކާއި އިންޑިއާގެ މީހެއް އަދި ބަންގްލަދޭޝްގެ ދެ މީހަކާއި ނޭޕާލްގެ ތިން މީހެކެވެ.
އެ މީހުންގެ ތެރެއިން އެކަކު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް، ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
ޕީޖީން އަންގާ މައްސަލަތައް އަަވަސްކުރެވޭ ގޮތް އޭސީސީން ހަދައިފި
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
