ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާން ޑައިރެކްޓް ކުރާ ފުރަތަމަ ވެބް ސީރީޒް "ސްޓާޑަމް" މި އަހަރު ފަހުކޮޅު ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 26 އަހަރުގެ އާރްޔަން ލިޔެ، ޑައިރެކްޓްކުރާ މި ސީރީޒްގެ މަސައްކަތް މި މަހުގެ ނިޔަލަށް ޝޫޓުކޮށް ނިންމާލާނެ އެވެ.

"ސްޓާޑަމް" މި އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ދޫކޮށްލަން އުޅޭ އިރު، މި ސީރީޒް ގެނެސްދޭނީ ކޮން ސްޓްރީމިން ޕްލެޓްފޯމަކުން ކަމެއް އަދި ނޭނގެ އެވެ.

މިއީ ޝާހްރުކް ޚާންގެ ހިއްސާ އޮންނަ ރެޑް ޗިލީސް ޕްރޮޑަކްޝަންސްއިން އިން އުފައްދާ މި ސީރީޒްގައި ހިމެނެނީ ހަވަނަ އެޕިސޯޑް އެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ވެބް ސީރީޒްގެ ހާއްސަ ފެނިލުންތަކުން ބޮލީވުޑްގެ މަޝްހޫރު ތަރިންްް ފެނިގެންދާނެ އެވެ. އެގޮތުން އާރްޔަންގެ ބައްޕަ ޝާހްރުކް އާއި ރަންވީރު އާއި ރަންބީރު އަދި ބޮބީ ޑިއޯލް ފެނިގެންދާނެ އެވެ.

"ސްޓާޑަމް" ގެ ސްކްރީންޕްލޭ ލިޔަން، އާރްޔަންގެ އަށް ލިޔުންތެރިޔާ ބިލާލު ސިއްދީގީ އެހީތެރިވެ އެވެ.

އާރްޔަންއަކީ ޝާހްރުކް ޚާން އާއި ގައުރީގެ ދޮށީ ދަރިފުޅެވެ. އާރްޔަންގެ ފަހުން ލިބުނު ސުހާނާ ބޮލީވުޑަށް ނުކުމެފައިވާއިރު އެ އާއިލާގެ އެންމެ ހަގު ދަރިފުޅު އަބްރާމްއަށް އަދި ވާނީ ގާތްގަނޑަކަށް ފަސް އަހަރެވެ.